- ހަހަމަކަމާއި އިންސާފުން ބޭރުން ވަކި ބަޔަކަށް ފައިދާ ވާގޮތަށް ފުލެޓާއި ގޯތި ދިނުން
- އެކަށީގެން ނުވާ މީހުންނަށް ވަޒީފާ ތަކާއި ބޮޑެތި މަގާމާއި ބާރުތައް ނަހަމަ ގޮތުގައި ދިނުން
- ކުށެއް ނެތް މީހުންނަށް ބޮޑެތި އަނިޔާއާއި އަދަބު ދިނުން
- ކުށުގެ ބާވަތާއި ކުޑަ ބޮޑު މިނަށް ރިޢާޔަތްކުރުމެއް ނެތި، ވަކި މީހަކަށް ނުވަތަ ބަޔަކަށް ތަފާތުކޮށްގެން އެކަށީގެންނުވާވަރުގެ ބޮޑެތި އަދަބުތައް ދިނުން.
- ވަޒީފާގެ މާހައުލުގައި މީހަކު ކުރާ މަސައްކަތުގެ އަގުވަޒަން ނުކޮށް އެކަކު ކޮށްފައި ހުންނަ ފައިދާހުރި ފަންނީ މަސައްކަތުގެ ފޮނިމީރުކަން ހައްގުނޫން މީހަކަށް ދިނުން.
- ވަޒީފާއިން ވަކިކުރުމާއި މަގާމު ދަށްކޮށްލުން
- މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްލާ، ރާވައިގެން ދޮގު އިލްޒާމު އެޅުވުމާއެކު ބޭޒާރުކޮށްލުމާއި، އަގު ވައްޓާލާ ކުރިއެރުމުގެ ފުރުސަތު ގަސްދުގައި ނުދީ ހިފެހެއްޓުން.
މިޒާތުގެ އެތައް ކަމެއް މިގޮތަށް ފާޅުކަން ބޮޑުގޮތެއްގައި ހިނގުމަށް ދޫކޮށްލައިގެން ރައްޔިތުން ތިބެނީ ހަމަ އެގޮތް ރަނގަޅީ ތޯއެވެ؟ މިކަހަލަ ކަންތައް ހުއްޓުވަން އުޅޭ ބަޔަކު ހަމަ ނެތީ ތޯއެވެ؟
ވ. ސަލާމް..