Wednesday, November 27, 2019

ތާރީޚު ދިވެހި ވެގެ

އެންމެ ފަހުން ތާރީޚު ދިވެހިން އަރާލެކަށް ހެދިގެ. ވަރަށް މަސައްކަތުން އެތައް ބާކިން އެކުހުން އަހައި ހަދަގެން ހަދާއްވޭ ލެއް އެނގެޱެއި. އަމެއްލާއް ކޯޑް ކެޑަށް ލެއްމެއި އެވިންދާއި ހިށި ކުދު މައްސަލާކުން ކުރިން ތާރީޚު ރަނގަޅާށް ހުށިހެއި އާޓިކަލް އަކަށް ނިއެރީ. މިކޯ އެކަން ހައްލުވެގެ.

Tuesday, November 12, 2019

މިރެއި މި ބަލަނީ ކުދުކޮށް އައްޑޫ ބަހުރުވައިން ލޭލާއްކަމަށް

މީ ދެން އެއްވިޔަސް ކަމަކިޔައްނުން. ހަމަ އައު ފޮންޓަކަށް ބަދަލުކޮއްގެން ބަލަލާއްވެގެން.

އައްޑޫ ބަހުރުވައިން ލިޔެޱެމެއި އަސްލު ވަރަށް އުފާސް ވެއި. މީ ވަރަށް ކުރިން މަ ކެރާއްވެގެން ހިތެލާގެން ހިނގި ކަމަށް އަދަ މިއޮތި ވެފެއި.

އިތުރަށް ކިޔާލުމަށް

Sunday, November 10, 2019

ޑޭޓް ޑިސްޕްލޭ އޯކޭ ވެއްޖެ

މިއަދު moment.js ބޭނުންކޮށްގެން ޑޭޓް ޑިސްޕްލޭ ދިވެހިން ރަނގަޅަށް އަރާގޮތް ވެއްޖެ. އެކަމަކު ޑޭޓް ޑިސްޕެލޭވެފަ ހުންނަނީ ހަމަެކަނި އެންމެ ފަހު އާޓިކަލް ގަ. ދެން މިޖެހުނީ އެކަން ހައްލު ކުރަން. އަދި ޑޭޓަކަށް ދައްކަނީވެސް އެ ޕޯސްޓު އެންމެ ފުރަތަމަ ކުރި ތާރީޚަށް ވުރެ ފަހުގެ ދުވަހެއް. އެހެން ވީމާ މި ދެ މައްސަލަވެސް ހައްލުކުރަން މި ޖެހުނީ.

އަނެއްކާ މިރޭވެސް މި ބަލާލަނީ ޓެސްޓެއް ކޮއްލާން

މިރޭ މިހެން ލިޔާ އިރު އަންޑަރލައިން ވާތީ އެބަ ޖެހޭ ބަލާލަން އެއީ ކިހިނެއް ވެގެން ވާ ކަމެއްތޯ. އެގިއްޖެ. އެއީ އޮޓޮމަޓިކް ސްޕެލް ޗެކް އޮން ވެފަ އިނީމާ ވާ ގޮތެއް.

Sunday, November 3, 2019

މިއީ މި އައު ޓެމްޕްލޭޓް ޓައިޕޮގްރަފީ ޓެސްޓްކޮއްލަނީއެވެ

މިއީ ޕެރަގްރާފް ޓެކްސްޓް ކޮޅެކެވެ. މިއީވެސް، މިއީ ޕަރަގްރާފް ޓެކްސްޓް ކޮޅެކެވެ. އަދި މިވެސް، މިއީ ޕެރަގްރާފް ޓެކްސްޓް ކޮޅެކެވެ.

ބްލޮކްކޯޓް ޓެސްޓެއް ކޮއްލަނީ

މިއީ ޑޮކްޓަރ ހަސަން ހަމީދު ހައްދަވާފައިވާ ބްލޮކްކޯޓެ ސްޓައިލްއެކެވެ.

މިހެން ތާނައިން ލިޔެލިޔެ މިހާރު ދެން ކީބޯޑަށް ވަރަށް ފަރިތަ ވެއްޖެހެން އެބަ ހީވެއެވެ ޢަބްދުﷲ ނާފިޒު
އިތުރަށް ކިޔާލުމަށް

Tuesday, October 15, 2019

ޝާޢިއުކުރެވުނު ތާރީޚު ދިވެހި ކުރުން

މިރޭ މަސައްކަތްކޮށްލީ އާޓިކަލް ތައް ޕަބްލިޝްކުރެވޭ ތާރީޚު ދިވެހި ބަހުން ހުންނަ ގޮތަށް ހެދުމުގެ މަސައްކަތް ކޮއްލުމަށެވެ. އެގޮތުން momentjs ބޭނުންކޮށްގެން އެކަން ކުރަން ކުރިން ރާވައިގެން ހުރި ނަމަވެސް އެންމެ ފަހުން ނިންމާލީ އެޔަށްވުރެންވެސް ކުޑަ ގޮތަކަށް ވަރަށް ކުޑަކުޑަ ސްކްރިޕްޓްކޮޅެއް ލައިގެން ދިވެހީބަހުން މަހުގެ ނަންތައް އަންނަ ގޮތަށް ހަދާލައިގެން ނެވެ.

އެހެންވީމާ މިރޭގެ މަސައްކަތް ވެސް ވަރަށް ކާމިޔާބެވެ. ދެން ނިންމާލާނަމެވެ. ނިދިވެސް އައިސްފި އެވެ.

އަދިވެސް ބައިވަރު މަސައްކަތް މިބްލޮގް ގައި ކޮށްލަން އެބަހުއްޓެވެ.

އިތުރަށް ކިޔާލުމަށް

Wednesday, October 9, 2019

މިރެޔަށް މަސައްކަތް ނިންމާލުން

މިރޭގެ މަސައްކަތް ވަރަށް ކާމިޔާބެވެ. ފޮންޓް އެމްބެޑްކުރުމުގެ މަސައްކަތް ގަތްގަނޑަކަށް ނިމުނީ އެވެ. ކުރިން މައްސަލަ ދިމާވީ ވެބް ފޮންޓް ޖެނެރޭޓު ކުރުމުގައި ދިމާވި މައްސަލަޔަކުން ކަމަށް ބެލެވެ އެވެ.

މިހާރު މިލިޔާ އެޗެއްސަކީ އެއްގޮތަކަށްވެސް ލިޔުން ތަކެއް ނޫނެވެ. ބްލޮގް ޓެސްޓު ކުރުމުގެ ބޭނުމުގަ ޕޯސްޓް ތަކެއް ކޮށްލަން ވެގެން ހަމަ ލިޔެލާ އާޓިކަލް ތަކެކެވެ.

މަސައްކަތް މި ކޮށްލީ ގޫގްލް ބްލޮގަރ ޕްލެޓްފޯމުގައި ތާނައިން ފަސޭހަކަމާއެކު ލިޔެ ދިވެހި ބްލޮގެއް ތައްޔާރުކުރުމަށެވެ. މިހާރު ދެން ގާތްގަނޑަކަށް މިމަސައްކަތް ވެސް މިއޮތީ ނިމިފައެވެ.

އިތުރަށް ކިޔާލުމަށް

Tuesday, October 8, 2019

މި ފަހަރު އޯޕެން ލައިވް ރައިޓަރ ބޭނުންކޮށްގެން ފޮޓޯ އަޕްލޯޑްކޮށްލެވޭތޯ ބަލާލަން މި ޕޯސްޓް މި ކޮށްލަނީ

އޯޕެން ލައިވް ރައިޓަރ ބުނަނީ ގޫގްލް މީހުން އެމީހުންގެ ފޮޓޯސް ސައިޓަށް ގެނައި ބަދަލަކުން އޯޕެން ލައިވް ރައިޓަރަށް ފޮޓޯ އަޕްލޯޑު ކުރުން އޮޓޮމަޓކުން ނުވެޔޯ. އެކަމަކު އެމީހުން ބުނަނީ ގޫގްލް ފޮޓޯސް އަސް ގޮއްސަ އޯޕެން ލައިވް ރައިޓަރު ކިޔާ ފޯލްޑަރ އެއް ކްރިއޭޓްކޮށްލީމަ ރަނގަޅު ވާނެޔޯ.

ދެން ބަލާލަމާ ދޯ..

އިތުރަށް ކިޔާލުމަށް

ފޮޓޯ އަޕްލޯޑް ޓެސްޓް ކޮއްލަނީ

ފޮޓޯ އަޕްލޯޑް ޓެސްޓް ކޮއްލަނީ
މި ފޮޓޯ އަޕްލޯޑް ކުރީމަ ހުންނަ ގޮތް ބަލާލަމާ. މީތި ރަނގަޅަށް ހުރިނަމަ މިވެސް ދެން އޯކޭ ވީ ކަމަށް ބަލާނީ.

އިތުރު ފޮޓޯގަނޑެއް ލާފަ އަދި އޯޕެން ލައިވް ރައިޓަރ ބޭނުންކޮށްގެން އިތުރު ޕޯސްޓެއް އަޕްކޮށްލާނަން.
އިތުރަށް ކިޔާލުމަށް

Monday, October 7, 2019

މިފަހަރު މި ލިޔާ ޕޯސްޓު ފަހަރެއްގަ ރަނގަޅު ވެދާނެ ކަމަށް ފެނެއެވެ.

މިގޮތަށް ލިޔަން ފެށުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ތާނައިން ބްލޮގް ލިޔުމަކީ ވާރޑް ޕްރެސްގައި ފަސޭހަ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް ބްލޮގަރ ގައި މިކަން އަދި އެހާ ފަސޭހައެއް ނޫނެވެ. އެއީ ގޫގްލް އިން ބްލޮގަރ ފަރުމާ ކޮށްފައި ވަނީ ވަކި ބަސް ތަކަކުން ލިޔެވޭ ގޮތަށް ކަމަށް ވާތީ އެވެ. ތާނައިން ލިޔަން މި ޖެހެނީ ގަދަ ކަމުން ނެވެ. ކަނާތުން ވާތަށް ލިޔާ ބަޔެއް ބަސް ތައް ބޭނުން ކުރެވޭ ގޮތަށް ހުއްޓަސް އަދި ބްލޮގަރ ގައި ދިވެހި ބަސް ބޭނުންކުރެވޭ ގޮތަށް ހަދާފައި ނުވެއެވެ.

އެހެން ކަމުން މިކަން މި ކުރަނީ ގަދަކަމުން ނެވެ.

އިތުރަށް ކިޔާލުމަށް