Wednesday, January 25, 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭ. .އައިި)

މީޔަސް ހަމަ ދެނައް، ކުއްލިޔަކައް ހިތައް އެރި އެއްތައް. ހިއްސާ ކޮއްލާށުން. މި ދުވަސްވަރަކީ އޭ. އައި ވަރައް މަޝްހޫރު ވެގެން އެވެރިންގެ ވާހަކަ ނިކަން ގިނައިން އެކި އެކި ތަން ތަނި ދައްކާ އަޑަ އިވޭ ދުވަސް ވަރައް. އެހެންވެ، އޭ. އައި ގެ ވާހަކާއް މީޔަސް.

މަ ހިތައް އަރަނީ، ހުޝިހެއި ސިޔާސީ މަގާމު ތައް އަދާކެރާއް އޭ. އައި މެންނާއި ހަވާލާކޮއްލުން ކެހެނަކައް ވޭހެއް ތައު؟ އެޔާ މެންނައް މިކޯ ނިވޭ މަސައްކަތައް ވަރައް މަދާއު ބެޱާ އަޑަ އިވެނީ. ވޭޓަރު ކަން، ފިިހާރައި ސޭޓު ކަން، ގާނޫނީ ވަކީލުކަން، ޑްރައިވަރު ކަން، ޕައިލެޓު ކަން، ކުރެހުންތެރި ކަން، ލިޔުންތެރި ކަން އަދި، ނިވީ ތާނކައް ސިޔާސީ ޕާޓީޔަކި ލީޑަރު ކަމަސް ކެރާ ކަމައް ވެނީ. މެހެން ގޮސް ވަރައް ގިނަ ދާއިރާ ތަކި އެވެރިން ހަރަކާއްތެރި ވޭ ކަބަރަ ނޫސް ތަކުނާއި، ޓީ. ވީން ފެނެއި.

ރާއްދޭޔަސް އެވެރިން މިކޯ ތެތިބި މެއި. ހުށިހެއި ސިޔާސީ ޕާޓީ ޕާޓީޔެ މެމްބަރު ކަން، ރަޢީސުލް ޖުމުހޫރިއްޔާއި ނައިބުގެ މަޤާމު، މަޖިލިސް މެމްބަރު ކަން، ހުށިހެއި މިނިސްޓަރުން ގެ މަޤާމާއި ހުށިހެއި (ސަރުކާރި) ކުންފޫނެ އިސް ވެރިންގެ މަޤާމާއި ފުލުހުންނާއި ޢަސްކަރިއްޔާގެ ދާއިރާ އޭ. އައި މެންނާއި ހަވާލަކޮއްލުން ކެހެނަކައް ވޭހެއް ތައު؟

މެހެން ހިތައް އެރީ، ރާއްދޭކީ އަލައް ނުކުންނަ ޓެކްނޮލޮޖީ، އެންމެ ކުރިން ތަޖުރިބާ ކެރާ ބާކިން ތިބި ކަމައް މަޝްހޫރު ގައުމަކައް ވެފެއި، އެޔާމެންނާއި (އޭ. އައި) ހަވާލަކޮއްލީމެއި، ރެއާއި ދެވާލި ބުރަކޮއް މަސައްކައް ކެރާ އެތައް ބާކިންގެ ވަގުތު ސަލާމައް ވެފެއި، އެވެރިންނައް ޢާއިލާއި އެކީ އުފާވެރިކޮއް ހޭދަކެރާޱެ ވަގުތަސް ލިބޭލެއް ވޭހެއް ނުންތައު؟ މީ ދޮގަކީ؟

ވ. ސަލާން