ސިޔާސީ ބޮނޑޮ ޕާޓީޔަކުން ބާއްވާ ރިޔާސީ ޕްރައިމަރީ ޔަކާއި، ރިޔާސީ އިންތިޚާބަކުގެ ކެމްޕޭން ފޯރި ވަރައް ގަދަ ދުވަސް ކެޑައް މެއި، ކެނޑިޑޭޓުން ވޭ ވަޢުދު ތަކާއި ގުޅުވައި މަ ހިތެ ކުރިނަސް އޮންނަ ވާހަކާއް ތެވެރިންނާއި ހިއްސާކޮއްލާށުން.
~ ނަރަދަމާ އެޑައި ދޭށުން
~ ފަޅަ ފުންކޮށް ބަނދަރަ ހަދައި ދޭށުން
~ ތޮށި ލާއި ދޭށުން
~ މީރި ބޯފެން (ސަޕްލައި ފެން) ގުޅައި ދޭށުން
~ މަގަ ހަދައި ދޭށުން
~ ވަޒީފާ ލިބޭޱެ މަގަ ތަނަވަސްކޮއް ދޭށުން
~ އިސްކޫލު ޢިމާރާތް އެޑައި ދޭށުން
~ ކަރަންޓު ލާއި ދޭށުން
~ ބޯ ހިޔައުކޮއް ދޭށުން
~ ޢަދުލު އިންސާފު ގާއިމު ކޮއް ދޭށުން
~ ދެން ބައިވަރަ .....
ދެން މެހެން ގޮސް ބައިވަރަ ރަނގަޅަ އަދި އެހެއި ޒަރޫރީ ކަންތެތި ކޮއްދޭށުމާއު ކޭފެއި އެންމެއްޔާސް ވަޢުދު ވެތާ. މަ ހިތެ އޮންނަ އެއްތަކީ ތެކަންކަން ރައްޔިތުންނައް ކޮއްދިނުން ސަރުކާރައް ލާޒިމު ނުންތައު. މައް ހިވޭ ގޮތުން ޤާނޫނު އަސާސީނަސް ރައްޔިތުންނައް ތެކަންތެތި ކޮއްދިނުން ސަރުކާރައް ލާޒިމުކެރައި. ތެވަރުގެ އަސާސީ ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ ޤާއިމުކޮއް ނިދިޔޭ ފެހޭ ސަރުކާރަކުގެ ބޭޱުމަކީ ކޮބާތައު؟ މިކަންކަން ކުރިން ކޮއް ނިދެރެ، މިކޯ ކުއްލިޔަކައް ކޮއްދޭށުމާއު ބެޱިމެއި އެވާހަކަ ކަންކާއް ތައު ގަބޫލު ވޭޱެއި؟
ދެން މިކޯ ހިތައް އަރަނީ އެވެރިން ތާއީދު ހޯދާއް ދައްކާޱެއި ކޮން ވާހަކާއް ތައު. އަސްލު، (ކުރިން ފާހަނގަ ކެޑެ ކަންތެތި ފިޔަވައި) ބައިވަރަ ވާހަކަ ދެއްކިޔޭހެއް. ޖުމްލަކޮއް ބެޱާ ފެހޭ، ހުށަހަޅާއް ވެނީ ފެންވަރަ ރަނގަޅަ، ދެކެޑެ ޖެހޭ، ސަލާމައް ބުއްދި ގަބޫލުކެރާ ވަރުގެ ފުރިހަމަ ޕްރޮޕޯސަލައް. ދެން ޖެހެނީ އެ ޕުރޮޕޯސަލާއި ބެޱާ ލަނޑަ ދަނޑި ތައް ހާސިލު ކެޑުމައްޓަކައި، ކެނޑިޑޭޓު މީހާގެ ގާބިލުކަން ހިށި މިންވަރަ އަފިރިން ރައްޔިތުންނައް ރަންގަޅާއް ސާބިތު ކޮއްދިނުން. މިވަރުން އަފިރިންނައް އެނގޭހެއް ކަންކާތައު އެންމެ ހެއު އެއްތައް ކޭނީ. ކަންކާތައު ހޮވާއްވީ.
ދެން، މާ ގިނަ ހޮޅި ވާހަކަ ނިދައްކައި، އެހެކާ އެނެހަކާއް ހަޖޫ ނިޖަހައި، މަލާމާއް ނިކޮއް، ކަލަ ނިގޮވައި، ނިބެއި މީސް ނިކޮއް ނަލަކޮއް، ރިވެތި ކޮއް ކެމެޕޭން ކެޑެމެއި ނިމެޱެއި ނުނީ؟
ވ. ސަލާން
ޚިޔާލު:
ޚިޔާލެއް ދެއްވާ