Thursday, January 19, 2023

ސައުދަ ރާތަލި މަރަތެލި

ތިރެ މި ލޭނައި ޚިޔާލީ ވާހަކާއް. އެއްލެހެކިޔަސް ބާކިންގެ ވާހަކާއް ނުން. އެއްވިޔަސް ބާކިން ކަން ކެރާ ލެހެކާއި އެއްގޮއްވެ ދިމާ ވޭ ފެހޭ އޭ ގަސްތަކާއި ނިލާއި ވީ ކަމައް. މީ މަގޭ އަމެއްލަ ފިކުރީ މަސައްކަތައް.
****************************************

އާޱިޔަ ޖަހާއް އޮތީ ބައިރޯ އައް. ޔައުމިއްޔާ ލޭނައް އޮތީ ސައުދަ ރާތަލި މަރަތޭލައް. ލަކުޑި ކޭހާއް އޮތީ ރޮންދާއް. ހިސާބު ޖަހައި ހަދާއް އޮތީ ދުރުމީޔައް. މިކަހަލެއި ލެހެކައް ހުށިހެއި ކަމަކަސް އޮތީ. ދެން ވޭޱެ އެއްތައް ވެ ނިމިގެ. ބައިރޯ މަރަތޭލަކައް ބަދަލައް ނިވި. ސައުދަ ރާތަލި މަރަތެލި ބައިރޯކައް ބަދަލު ނިވި. ރޮންދާ ކިޔެއްސަކައް ބަދަލު ނިވި. ދުރުމީ ކަލްކިޔުލޭޓަރަކައް ބަދަލު ނިވި.

މަދަ ކަމައް ނުން ފެހޭ އެއް ކަމަސް ހެއުކޮއް ކުރިޔައް ކަނޑާ ލެހެކައް ހަމަޖެހިފެއިޔައް ނެއް. ފާއިސާއި ވަސީލައް ތައް ތާނކުންތާނކި ނިޖެހޭ ލެހެކައް، އެއްވިޔަސް ރޭވުންތެރިކަމައް ނެތި، ހަމާއް ލަމާއް ނިބަލައި ބޭކާރަ ގޮތެ އިންތިހާއް އިސްރާފު ވެމުން އޭތަން ފެނެނީ. 

ދެން ނުކުންނަ ނަތިޖާ ފަސް އެޑައި ފޮރޮވާއް ކިތަންމި ވަރަކައް ހިނގިޔަސް ނިފޮރޮވޭހެއް ނުނީ؟

ވ. ސަލާން