Saturday, August 26, 2023

ސިޔާސީ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން

ސިޔާސީ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން، ހައްގުނޫން ގޮތްގޮތަށް މި މުޖުތަމަޢުގެ ތެރޭގައި ވަރަށް އާންމުކޮށް ހިންގާ ބައެއް ކަންތައް:

- ހަހަމަކަމާއި އިންސާފުން ބޭރުން ވަކި ބަޔަކަށް ފައިދާ ވާގޮތަށް ފުލެޓާއި ގޯތި ދިނުން
- އެކަށީގެން ނުވާ މީހުންނަށް ވަޒީފާ ތަކާއި ބޮޑެތި މަގާމާއި ބާރުތައް ނަހަމަ ގޮތުގައި ދިނުން
- ކުށެއް ނެތް މީހުންނަށް ބޮޑެތި އަނިޔާއާއި އަދަބު ދިނުން
- ކުށުގެ ބާވަތާއި ކުޑަ ބޮޑު މިނަށް ރިޢާޔަތްކުރުމެއް ނެތި، ވަކި މީހަކަށް ނުވަތަ ބަޔަކަށް ތަފާތުކޮށްގެން އެކަށީގެންނުވާވަރުގެ ބޮޑެތި އަދަބުތައް ދިނުން.
- ވަޒީފާގެ މާހައުލުގައި މީހަކު ކުރާ މަސައްކަތުގެ އަގުވަޒަން ނުކޮށް އެކަކު ކޮށްފައި ހުންނަ ފައިދާހުރި ފަންނީ މަސައްކަތުގެ ފޮނިމީރުކަން ހައްގުނޫން މީހަކަށް ދިނުން.
- ވަޒީފާއިން ވަކިކުރުމާއި މަގާމު ދަށްކޮށްލުން
- މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްލާ، ރާވައިގެން ދޮގު އިލްޒާމު އެޅުވުމާއެކު ބޭޒާރުކޮށްލުމާއި، އަގު ވައްޓާލާ ކުރިއެރުމުގެ ފުރުސަތު ގަސްދުގައި ނުދީ ހިފެހެއްޓުން.

މިޒާތުގެ އެތައް ކަމެއް މިގޮތަށް ފާޅުކަން ބޮޑުގޮތެއްގައި ހިނގުމަށް ދޫކޮށްލައިގެން ރައްޔިތުން ތިބެނީ ހަމަ އެގޮތް ރަނގަޅީ ތޯއެވެ؟ މިކަހަލަ ކަންތައް ހުއްޓުވަން އުޅޭ ބަޔަކު ހަމަ ނެތީ ތޯއެވެ؟

ވ. ސަލާމް..
އިތުރަށް ކިޔާލުމަށް

Tuesday, February 14, 2023

މެއިންސްޓްރީމް މީޑިއާ

ރާއްދޭ ހިނގާ ގޯހަކައް ވިޔަސް ރަންގަޅަ ކަމަކައް ވިޔަސް އެ ކަމަކާއި ބެހޭ ކަބަރާއި މަޢުލޫމާތު އަފިރިން ޢާންމު ރައްޔިތުންނާއި ހަމާއް ފޯރުކޮއް ދެނީ "މެއިން ސްޓްރީމް މީޑިއާން". އެހެން ވީމެއި މީޑިއާއި ވަރައް ބުރަކޮއް މަސައްކައް ކެރާ މީހުންނައް ސާބަސް ހައްގު. 

އެވެރިން ކަބަރައް ނިބެޱާ ފެހެނާ އަފިރިން ހީކޮއްގެން ތިބެނީ ހުށިހެއި ކަމަކަސް ހިނގަނީ ވަރައް ރަނގަޅާއް ކަމައް. ގޯސްކޮއް ހިނގާ ކަމަކުގެ ކަބަރަ އަފިރިންނައް ލިބޭކައް، އެ ހިނގި ކަމަކި ޝާމިލު ވޭ ބާކިން ބޭޱުމައް ނިވޭހެއް. އެކަމަކި، އެކަން ބަލައި ފާރަވެރިވޭ މީހާސް ތިބެތާ.

އެވެރިން އެއްބާކިން އެނައް ބާކިންގެ ދޭތެރެ އޮންނަ ވާދަވެރިކަމަކުން ފެހޭޔަސް، ހަސަދާކުން ފެހެނާސް ނޫސްވެރިންނާއި ހަމާއް އެކަބަރަ ކޮންމިޔަސް ސިފާކި ލިބެއި. ދެން، އެ ކަބަރަ ރައްޔިތުންނާއި ހަމާއް އޭ ކޯ ވަކި މީހަކާ/ބާކިން ބޭޱުންވޭ ލެހެކައް އެ ކަބަރަ ކޮށައި، މަށައި، ވަކި މަގުސަދައް ހާސިލު ކެޑުމުގެ ބޭޱުމެ އެ ކަބަރަ ރައްޔިތުންނާއި ހަމާއް ގިނާސް ދިނުމަކީ ޔަސް ހަމަ ވެފޭޱެ ކަމައް.

ވ. ސަލާން
އިތުރަށް ކިޔާލުމަށް

Wednesday, January 25, 2023

އާޓިފިޝަލް އިންޓެލިޖެންސް (އޭ. .އައިި)

މީޔަސް ހަމަ ދެނައް، ކުއްލިޔަކައް ހިތައް އެރި އެއްތައް. ހިއްސާ ކޮއްލާށުން. މި ދުވަސްވަރަކީ އޭ. އައި ވަރައް މަޝްހޫރު ވެގެން އެވެރިންގެ ވާހަކަ ނިކަން ގިނައިން އެކި އެކި ތަން ތަނި ދައްކާ އަޑަ އިވޭ ދުވަސް ވަރައް. އެހެންވެ، އޭ. އައި ގެ ވާހަކާއް މީޔަސް.

މަ ހިތައް އަރަނީ، ހުޝިހެއި ސިޔާސީ މަގާމު ތައް އަދާކެރާއް އޭ. އައި މެންނާއި ހަވާލާކޮއްލުން ކެހެނަކައް ވޭހެއް ތައު؟ އެޔާ މެންނައް މިކޯ ނިވޭ މަސައްކަތައް ވަރައް މަދާއު ބެޱާ އަޑަ އިވެނީ. ވޭޓަރު ކަން، ފިިހާރައި ސޭޓު ކަން، ގާނޫނީ ވަކީލުކަން، ޑްރައިވަރު ކަން، ޕައިލެޓު ކަން، ކުރެހުންތެރި ކަން، ލިޔުންތެރި ކަން އަދި، ނިވީ ތާނކައް ސިޔާސީ ޕާޓީޔަކި ލީޑަރު ކަމަސް ކެރާ ކަމައް ވެނީ. މެހެން ގޮސް ވަރައް ގިނަ ދާއިރާ ތަކި އެވެރިން ހަރަކާއްތެރި ވޭ ކަބަރަ ނޫސް ތަކުނާއި، ޓީ. ވީން ފެނެއި.

ރާއްދޭޔަސް އެވެރިން މިކޯ ތެތިބި މެއި. ހުށިހެއި ސިޔާސީ ޕާޓީ ޕާޓީޔެ މެމްބަރު ކަން، ރަޢީސުލް ޖުމުހޫރިއްޔާއި ނައިބުގެ މަޤާމު، މަޖިލިސް މެމްބަރު ކަން، ހުށިހެއި މިނިސްޓަރުން ގެ މަޤާމާއި ހުށިހެއި (ސަރުކާރި) ކުންފޫނެ އިސް ވެރިންގެ މަޤާމާއި ފުލުހުންނާއި ޢަސްކަރިއްޔާގެ ދާއިރާ އޭ. އައި މެންނާއި ހަވާލަކޮއްލުން ކެހެނަކައް ވޭހެއް ތައު؟

މެހެން ހިތައް އެރީ، ރާއްދޭކީ އަލައް ނުކުންނަ ޓެކްނޮލޮޖީ، އެންމެ ކުރިން ތަޖުރިބާ ކެރާ ބާކިން ތިބި ކަމައް މަޝްހޫރު ގައުމަކައް ވެފެއި، އެޔާމެންނާއި (އޭ. އައި) ހަވާލަކޮއްލީމެއި، ރެއާއި ދެވާލި ބުރަކޮއް މަސައްކައް ކެރާ އެތައް ބާކިންގެ ވަގުތު ސަލާމައް ވެފެއި، އެވެރިންނައް ޢާއިލާއި އެކީ އުފާވެރިކޮއް ހޭދަކެރާޱެ ވަގުތަސް ލިބޭލެއް ވޭހެއް ނުންތައު؟ މީ ދޮގަކީ؟

ވ. ސަލާން
އިތުރަށް ކިޔާލުމަށް

Thursday, January 19, 2023

ސައުދަ ރާތަލި މަރަތެލި

ތިރެ މި ލޭނައި ޚިޔާލީ ވާހަކާއް. އެއްލެހެކިޔަސް ބާކިންގެ ވާހަކާއް ނުން. އެއްވިޔަސް ބާކިން ކަން ކެރާ ލެހެކާއި އެއްގޮއްވެ ދިމާ ވޭ ފެހޭ އޭ ގަސްތަކާއި ނިލާއި ވީ ކަމައް. މީ މަގޭ އަމެއްލަ ފިކުރީ މަސައްކަތައް.
****************************************

އާޱިޔަ ޖަހާއް އޮތީ ބައިރޯ އައް. ޔައުމިއްޔާ ލޭނައް އޮތީ ސައުދަ ރާތަލި މަރަތޭލައް. ލަކުޑި ކޭހާއް އޮތީ ރޮންދާއް. ހިސާބު ޖަހައި ހަދާއް އޮތީ ދުރުމީޔައް. މިކަހަލެއި ލެހެކައް ހުށިހެއި ކަމަކަސް އޮތީ. ދެން ވޭޱެ އެއްތައް ވެ ނިމިގެ. ބައިރޯ މަރަތޭލަކައް ބަދަލައް ނިވި. ސައުދަ ރާތަލި މަރަތެލި ބައިރޯކައް ބަދަލު ނިވި. ރޮންދާ ކިޔެއްސަކައް ބަދަލު ނިވި. ދުރުމީ ކަލްކިޔުލޭޓަރަކައް ބަދަލު ނިވި.

މަދަ ކަމައް ނުން ފެހޭ އެއް ކަމަސް ހެއުކޮއް ކުރިޔައް ކަނޑާ ލެހެކައް ހަމަޖެހިފެއިޔައް ނެއް. ފާއިސާއި ވަސީލައް ތައް ތާނކުންތާނކި ނިޖެހޭ ލެހެކައް، އެއްވިޔަސް ރޭވުންތެރިކަމައް ނެތި، ހަމާއް ލަމާއް ނިބަލައި ބޭކާރަ ގޮތެ އިންތިހާއް އިސްރާފު ވެމުން އޭތަން ފެނެނީ. 

ދެން ނުކުންނަ ނަތިޖާ ފަސް އެޑައި ފޮރޮވާއް ކިތަންމި ވަރަކައް ހިނގިޔަސް ނިފޮރޮވޭހެއް ނުނީ؟

ވ. ސަލާން
އިތުރަށް ކިޔާލުމަށް

Wednesday, January 18, 2023

ކެމްޕޭން ފޯރި

ސިޔާސީ ބޮނޑޮ ޕާޓީޔަކުން ބާއްވާ ރިޔާސީ ޕްރައިމަރީ ޔަކާއި، ރިޔާސީ އިންތިޚާބަކުގެ ކެމްޕޭން ފޯރި ވަރައް ގަދަ ދުވަސް ކެޑައް މެއި، ކެނޑިޑޭޓުން ވޭ ވަޢުދު ތަކާއި ގުޅުވައި މަ ހިތެ ކުރިނަސް އޮންނަ ވާހަކާއް ތެވެރިންނާއި ހިއްސާކޮއްލާށުން.

~ ނަރަދަމާ އެޑައި ދޭށުން
~ ފަޅަ ފުންކޮށް ބަނދަރަ ހަދައި ދޭށުން
~ ތޮށި ލާއި ދޭށުން
~ މީރި ބޯފެން (ސަޕްލައި ފެން) ގުޅައި ދޭށުން
~ މަގަ ހަދައި ދޭށުން
~ ވަޒީފާ ލިބޭޱެ މަގަ ތަނަވަސްކޮއް ދޭށުން
~ އިސްކޫލު ޢިމާރާތް އެޑައި ދޭށުން
~ ކަރަންޓު ލާއި ދޭށުން
~ ބޯ ހިޔައުކޮއް ދޭށުން
~ ޢަދުލު އިންސާފު ގާއިމު ކޮއް ދޭށުން
~ ދެން ބައިވަރަ .....

ދެން މެހެން ގޮސް ބައިވަރަ ރަނގަޅަ އަދި އެހެއި ޒަރޫރީ ކަންތެތި ކޮއްދޭށުމާއު ކޭފެއި އެންމެއްޔާސް ވަޢުދު ވެތާ. މަ ހިތެ އޮންނަ އެއްތަކީ ތެކަންކަން ރައްޔިތުންނައް ކޮއްދިނުން ސަރުކާރައް ލާޒިމު ނުންތައު. މައް ހިވޭ ގޮތުން ޤާނޫނު އަސާސީނަސް ރައްޔިތުންނައް ތެކަންތެތި ކޮއްދިނުން ސަރުކާރައް ލާޒިމުކެރައި. ތެވަރުގެ އަސާސީ ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ ޤާއިމުކޮއް ނިދިޔޭ ފެހޭ ސަރުކާރަކުގެ ބޭޱުމަކީ ކޮބާތައު؟ މިކަންކަން ކުރިން ކޮއް ނިދެރެ، މިކޯ ކުއްލިޔަކައް ކޮއްދޭށުމާއު ބެޱިމެއި އެވާހަކަ ކަންކާއް ތައު ގަބޫލު ވޭޱެއި؟

ދެން މިކޯ ހިތައް އަރަނީ އެވެރިން ތާއީދު ހޯދާއް ދައްކާޱެއި ކޮން ވާހަކާއް ތައު. އަސްލު، (ކުރިން ފާހަނގަ ކެޑެ ކަންތެތި ފިޔަވައި) ބައިވަރަ ވާހަކަ ދެއްކިޔޭހެއް. ޖުމްލަކޮއް ބެޱާ ފެހޭ، ހުށަހަޅާއް ވެނީ ފެންވަރަ ރަނގަޅަ، ދެކެޑެ ޖެހޭ، ސަލާމައް ބުއްދި ގަބޫލުކެރާ ވަރުގެ ފުރިހަމަ ޕްރޮޕޯސަލައް. ދެން ޖެހެނީ އެ ޕުރޮޕޯސަލާއި ބެޱާ ލަނޑަ ދަނޑި ތައް ހާސިލު ކެޑުމައްޓަކައި، ކެނޑިޑޭޓު މީހާގެ ގާބިލުކަން ހިށި މިންވަރަ އަފިރިން ރައްޔިތުންނައް ރަންގަޅާއް ސާބިތު ކޮއްދިނުން. މިވަރުން އަފިރިންނައް އެނގޭހެއް ކަންކާތައު އެންމެ ހެއު އެއްތައް ކޭނީ. ކަންކާތައު ހޮވާއްވީ.

ދެން، މާ ގިނަ ހޮޅި ވާހަކަ ނިދައްކައި، އެހެކާ އެނެހަކާއް ހަޖޫ ނިޖަހައި، މަލާމާއް ނިކޮއް، ކަލަ ނިގޮވައި، ނިބެއި މީސް ނިކޮއް ނަލަކޮއް، ރިވެތި ކޮއް ކެމެޕޭން ކެޑެމެއި ނިމެޱެއި ނުނީ؟

ވ. ސަލާން
އިތުރަށް ކިޔާލުމަށް

Monday, January 16, 2023

ސްކޮލަރޝިޕް ފުރުސަތު

މިއޮތީ ވަރައް ރަނގަޅަ ސްކޮލަރޝިޕް ފުރުސަތައް. މާސްޓާރޒް ޑިގްރީއައް އިންސާނީ ހައްގު ތަކާއި ބެހޭގޮތުން ކިޔަވާއް. އެޕްލައި ކޮއްލަފެލަ. މިއޮތީ ލިންކާ:


އިތުރަށް ކިޔާލުމަށް

Sunday, January 15, 2023

ބްލޮގަރ މޯބައިލް އެޕް ޓެސްޓު ކެރުން

މީ ޓެސްޓު ކޮއްލާއް ބްލޮގަރ މޯބައިލް އެޕް ބޭޱުން ކޮއްގެން ލޭލަނީ. ކަމިއޭ ފެހޭ ދެން ކުރިޔައް އޮއްތަނި ކުދުކޮއް ލޭނައް ކަމައް ހިތެ ލާގަތިން.
އިތުރަށް ކިޔާލުމަށް