Monday, October 07, 2019

މިފަހަރު މި ލިޔާ ޕޯސްޓު ފަހަރެއްގަ ރަނގަޅު ވެދާނެ ކަމަށް ފެނެއެވެ.

މިގޮތަށް ލިޔަން ފެށުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ތާނައިން ބްލޮގް ލިޔުމަކީ ވާރޑް ޕްރެސްގައި ފަސޭހަ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް ބްލޮގަރ ގައި މިކަން އަދި އެހާ ފަސޭހައެއް ނޫނެވެ. އެއީ ގޫގްލް އިން ބްލޮގަރ ފަރުމާ ކޮށްފައި ވަނީ ވަކި ބަސް ތަކަކުން ލިޔެވޭ ގޮތަށް ކަމަށް ވާތީ އެވެ. ތާނައިން ލިޔަން މި ޖެހެނީ ގަދަ ކަމުން ނެވެ. ކަނާތުން ވާތަށް ލިޔާ ބަޔެއް ބަސް ތައް ބޭނުން ކުރެވޭ ގޮތަށް ހުއްޓަސް އަދި ބްލޮގަރ ގައި ދިވެހި ބަސް ބޭނުންކުރެވޭ ގޮތަށް ހަދާފައި ނުވެއެވެ.

އެހެން ކަމުން މިކަން މި ކުރަނީ ގަދަކަމުން ނެވެ.