މިރޭ މަސައްކަތްކޮށްލީ އާޓިކަލް ތައް ޕަބްލިޝްކުރެވޭ ތާރީޚު ދިވެހި ބަހުން ހުންނަ ގޮތަށް ހެދުމުގެ މަސައްކަތް ކޮއްލުމަށެވެ. އެގޮތުން momentjs ބޭނުންކޮށްގެން އެކަން ކުރަން ކުރިން ރާވައިގެން ހުރި ނަމަވެސް އެންމެ ފަހުން ނިންމާލީ އެޔަށްވުރެންވެސް ކުޑަ ގޮތަކަށް ވަރަށް ކުޑަކުޑަ ސްކްރިޕްޓްކޮޅެއް ލައިގެން ދިވެހީބަހުން މަހުގެ ނަންތައް އަންނަ ގޮތަށް ހަދާލައިގެން ނެވެ.
އެހެންވީމާ މިރޭގެ މަސައްކަތް ވެސް ވަރަށް ކާމިޔާބެވެ. ދެން ނިންމާލާނަމެވެ. ނިދިވެސް އައިސްފި އެވެ.
އަދިވެސް ބައިވަރު މަސައްކަތް މިބްލޮގް ގައި ކޮށްލަން އެބަހުއްޓެވެ.